"ލާޕަތާ ލޭޑީސް" އަންނަ މަހުގެ 1 ގައި

"ލާޕަތާ ލޭޑީސް" އަންނަ މަހުގެ 1 ގައި

Author
ފާތިމަތު ނާވީ
07 ފެބްރުއަރީ 2024 09:55
0

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ހާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭ ކޮމެޑީ ޑްރާމާ "ލާޕަތާ ލޭޑީސް" އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ޖިއޯ ސްޓޫޑިއޯއާއި އާމިރު ޚާންގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ އާމިރުގެ ކުރީގެ އަންހެނުން ކިރަން ރާއޯއެވެ. މި ފިލްމްގެ މައިގަނޑު ކާސްޓުން ފެނިގެންދާނީ މާ މަޝްހޫރު ނޫން ތަރިން ތަކެކެވެ.

ހެއްވާ މަޖާ ހާދިސާތަކެއް އެކުލެވޭ މި ފީޗަރ ފިލްމު ބިނާ ވެފައިވަނީ ޒުވާނަކު ކައިވެނިކޮށްގެން ގެންނަ އަންހެން މީހާ އާއިލާ އަށް ތައާރަފުކޮށްދޭ އިރު، އެއީ އޭނަ އިންނަން އުޅުނު މީހާ ނޫންކަން އެނގޭ ހިސާބުން ވާ ކަންތަށް ތަކެއްގެ މައްޗަށެވެ.

 

View this post on Instagram

 

A post shared by Jio Studios (@officialjiostudios)

"ލާޕަތާ ލޭޑީސް" އަކީ ކިރަންގެ ދެވަނަ ޑައިރެކްޝަނެވެ. އޭނަ ފުރަތަމަ ޑައިރެކްޓްކުރި ފިލްމަކީ އާމިރު ވެސް ރޯލެއް ކުޅުނު 2010 ގެ "ދޯބީ ގާތު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.