އިންޑިޔާގެ 2024 ވަނަ އަހަރުގެ ބަޖެޓުގައި އަންހެނުންގެ ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދީފިއެވެ.
މިގޮތުން، އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ވަނީ އިންތިގާލީ ބަޖެޓުން ގައުމުގެ އަންހެނުންނަށް ޕްރޮގްރެސިވް ވިސްނުމެއް ހުށަހަޅުއްވައި، ވިޔަފާރިވެރިކަމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވައި، ދިރިއުޅުން ފަސޭހަކޮށް، އެމީހުންގެ ކަރާމާތް ކަށަވަރުކުރުމަށް އިސްކަން ދީފަ އެވެ.
އެކަމަނާ ގެ 58 މިނެޓުގެ އިންތިގާލީ ބަޖެޓް ތަގުރީރުގެ ބައެއް ހާއްސަކުރެއްވީ އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތްތަކަށް އަލިއަޅުވާލުމަށެވެ. ޤައުމީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތަކާއި، ޒުވާނުންގެ ތަރައްޤީއާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށްފަހު، އެކަމަނާ ވަނީ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ހިންގާ ޝިޢާރުތަކާއި ސްކީމްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ މަސައްކަތާއި ވިޔަފާރީގައި އަންހެނުންގެ ބައިވެރިވުން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިތުރުވެފައިވާކަމަށާއި، 2017-18 ވަނަ އަހަރު އަންހެނުންގެ މަސައްކަތްތެރިންގެ ބައިވެރިވުން 23.3 އިންސައްތައިން 2022-23 ވަނަ އަހަރު 37 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ.
2023 ވަނަ އަހަރު ޕްރަދާން މަންތުރީ މުދްރާ ޔޯޖަނާ (ޕީ.އެމް.އެމް.ވައި)ގެ ދަށުން ދޫކޮށްފައިވާ 44.46 ލޯނުގެ ތެރެއިން 68.92 އިންސައްތަ ލޯނު ލިބިފައިވަނީ އަންހެނުންނަށެވެ. އަދި ވިޔަފާރީގެ ދުނިޔޭގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމުގެ މަގުސަދުގައި ހާއްސަކޮށް އަންހެން ވިޔަފާރިވެރިންނަށް ސަރުކާރުން 30 ކްރޯޑް މުދްރާ ޔޯޖަނާ ލޯނު ދޫކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން 2024 ވަނަ އަހަރުގެ ބަޖެޓް ތަގުރީރުގައި ވަނީ މޯދީ ގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ހަތަރު ގުރޫޕުގެ ތެރޭގައި "ފަގީރުންނާއި ޒުވާނުންނާއި ދަނޑުވެރިން" ގެ އިތުރުން އަންހެނުންނަށް ވެސް އިޝާރާތް ކުރައްވައިފަ އެވެ.
އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޤައުމު ކުރިއަށް ގެންދިއުމުގައި، އަންހެނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، ވިޔަފާރިވެރިކަމާއި، ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމާއި، އަންހެނުންގެ ނަފްސާނީ ހާލަތު ކުރިއެރުވުމަށް ޓަކައި، އެބޭފުޅުންގެ "ބާރުވެރިކަމާއި ދުޅަހެޔޮކަން" ފާހަގަކުރެއްވިއެވެ. މި ފޯކަސް ބިނާވެފައި ވަނީ ބޮޑުވަޒީރު މޯދީ އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކުލަވާލި ދިހަ އަހަރުގެ ސިޔާސަތުތަކުގެ މައްޗަށެވެ.