އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިންޓަރ ސްކޫލު އެތުލެޓިކްސް މީޓްއަށް ތައްޔާރުވުމުގެ ގޮތުން، އައްޑޫ ސިޓީ ސާފުކުރުމަށް އެ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ބާއްވަން ހަމަޖައްސާފައިވާ އިންޓަރ ސްކޫލު އެތުލެޓިކްސް މީޓްއަށް ތައްޔާރުވުމުގެ ގޮތުން ފެބުރުވަރީ 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ގިނަ އަދަދެއްގެ ސިފައިންނާއި، އައްޑޫ ސިޓީގެ މުއައްސަސާތަކާއި އަދި އިދާރާތަކުން ބައިވެރިވިއެވެ.
މި ހަރަކާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ސާފުކޮށްފައިވަނީ، އައްޑޫ ސިޓީގައި އިންޓަރ ސްކޫލު އެތުލެޓިކްސް މީޓްގެ ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވާ ސަރަހައްދެވެ.
ކޮމެންޓު ފޮނުވާ