އެމްޑީޕީއަށް އެސްޖީ އަކު ހޯދަން އިއުލާންކޮށްފި

އެމްޑީޕީއަށް އެސްޖީ އަކު ހޯދަން އިއުލާންކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 01:04
0

ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީއަށް ސެކެޓްރީ ޖެރަލްއަކު ހޯދަން އިއުލާން ކޮށްފިއެވެ.

އެމްޑީޕީން ސެކެޓްރީ ޖެނެރަލްގެ މަޤާމަށް ހުޅުވާލައިވަނީ މިއަދުއެވެ. މި މަޤާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި އެމްޑީޕީ މެމްބަރަކަށް ވުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިމީހަކަށް ވާންޖެހެއެވެ. އަދި ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.

މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 23 ޑިސެންބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް ހުޅުވާލާފައިވަނީ އެމްޑީޕީގެ ސެކެރަޓަރީ ޖެނަރަލްގެ މަޤާމު ފުރުއްވަމުންދިޔަ އަނަސް ޢަބްދުއްސައްތާރު މާލެސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރަން ނިންމާފައި ވުމާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.