ގޯތީގެ ރަޖިސްޓްރީއާއި ހަވާލުވުމަށް އިތުރު ފުރުސަތު ދީފި

ގޯތީގެ ރަޖިސްޓްރީއާއި ހަވާލުވުމަށް އިތުރު ފުރުސަތު ދީފި

ކުރީ ސަރުކާރުން ދީފައިވާ ގޯތިތަކުގެ ވަގުތީ ރަޖިސްޓްރިއާއި ހަވާލު ނުވެވިވާ ފަރާތްކަށް ވަގުތީ ރަޖިސްޓްރީއާއި ހަވާލުވުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިތުރު މުހުލަތު ދީފިއެވެ.

ގެދިރުވެރިކަމާބެހޭ ވިޒާރާއިން މިއަދު ބުނީ ދާއިމީ ލިސްޓުގައި ހިމެނޭ ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ އަދި ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށްޓަކައި އިތުރު ފުރުސަތު ދެވިފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ މި ފުރުސަތަކީ ރަޖިސްޓްރީއާއި އަދި ގޯތި ލިބުނުކަމުގެ ލިޔުމާ ހަވާލުވާޖެހޭ ބައެއް ފަރާތްތަަކުން އެކަމަށް ދެވުނު މުއްދަތުގައި ރަޖިސްޓްރީއާއި އަދި ގޯތި ލިބުނުކަމުގެ ލިޔުމާއި މުއްދަތުގެ ތެރޭގައި ހަވާލުވެފައި ނުވާތީ އިތުރަށް ދެވުނު މުއްދަތެއް ކަމުގައެވެ.

ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުން އެއްވެސް ފަރާތަކަށް ދީފައިވާ ގޯތި މި ސަރުކާރުން އަތު ނުލާނެ ކަމަށެވެ.

އަދި މިއަދު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް މީހަކު ބާކީނުކޮށް، ގޯތި ލިބުނު ފަރާތްތަކަށް ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމުގައެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގިރާވަރުފަޅުން މިހާތަނަށް އައިއިރު 50 އަށް ވުރެ ގިނަ ހެކްޓަރު ހިއްކާފައިވާ އިރު، ގުޅީފަޅުން ވަނީ 100 އަށް ވުރެ ގިނަ ހެކްޓަރު ހިއްކައިފައެވެ. އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ވެސް ހަލުވިމިނެއްގައި ކުރިއަށް އެބަދެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން 1،351 ބިމާއި ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދީފައި ވަނީ ގުރުއަތުލައިގެން ލިބުނު ތަނަކުންނެވެ. ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާއިރު އެހެން ބައެއް މީހުންނަށް ބިން ވަނީ ދޫކޮށްފައެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *