ކެންސަރުގެ ފަރުވާއަށް ފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަފައިފި

ކެންސަރުގެ ފަރުވާއަށް ފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަފައިފި

Author
ހުސެއިން
04 ފެބްރުއަރީ 2024 01:23
0

ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދެވުމަށްފަހު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނިކުންނަވަން ފައްޓަވައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަން ހާމަ ކުރެއްވީ މީގެ 2 މަސް ކުރިންނެވެ.

މިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކު ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. ފޭސުބުކް ޕޯސްޓުގައި ރަމީލާ ވިދާޅުވެފައިވަނީ ކެންސަރު ބައްޔަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ބަލި ހުރީ އެޑްވާނަސް ސްޓޭޖުގައި ކަމުގައެވެ.

އެހެންނަމަވެސް އޭނާ ފަރުވާ ހޯއްދަވަނީ ކޮން ބާވަތެއްގެ ކެންސަރަށް ކަމެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން.

މިނިސްޓަރ ރަމީލާގެ ފޭސްބުކު ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު ރަމީލާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ ފާއިތުވި ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ.

ރަމީލާ މީގެކުރިން ވަނީ ހްލެތް މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. މީގެ ކުރިން އޭނާވަނީ އެވިޑް ކޮލެޖްގެ ޑީންކަންވެސް ކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮފީަހަށް ނިކުންނަވަން ފެއްޓެވުމަށްފަހު ރަމީލާވަނީ މިއަދު އޮތް ކެބިޓް ބައްދަލުވުމުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.

މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރުގައި ހުންނެވިއިރު އެ ވުޒާރާގެ ކަންކަން ބައްލަވަމުން ގެންދެވީ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިން އިރު ރަމީލާއަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.