"ބަކްޝަކް" ޕްރިމިއާ ކުރާ ތާރީހް އިއުލާން ކޮށްފި

"ބަކްޝަކް" ޕްރިމިއާ ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
13 ފެބްރުއަރީ 2024 10:56
0

ބޮލީވުޑްގެ ބަތަލާ ބޫމީ ޕޭޑްނޭކަރް ނޫސްވެރިއެއްގެ ގޮތުގައި ފެނިގެންދާ ފިލްމް "ބަކްޝަކް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

މި ފިލްމް އަކީ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އިން ޕްރޮޑިއުސްކުރާ ފިލްމްއެކެވެ. ފިލްމްގެ ޓްރެއިލާ މިހާރު ދައްކައިލައިފައިވާ އިރުގައި މި ފިލްމް އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމްއެއް ކަމުގައި ބެލެވެއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހަށެވެ. މި ފިލްމް ޕްރިމިއާ ކުރާނީ ނެޓްފްލިކް އިންނެވެ. މިއީ ރެޑް ޗިލީ އަދި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފިލްްއެކެވެ.

މި ފިލްމު ގައި ބޫމީ ފެނިގެންދާނީ ނޫސްވެރިއެއްގެ ގޮތުގައިއެވެ. އިންވެސްޓިގޭޓިވް ކްރައިމް-ތުރިލާއެއްގެ ގޮތުގައި ގެެނެސްދޭ މި ފިލްމު ލިޔެ، ޑައިރެކްޓްކުރީ ޕުލްކިތެވެ. އޭނާ އަކީ އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީ އަށް ރާޖްކުމާރު ރާއޯ ކުޅުނު 2017 ގެ ވެބް ސީރީޒް "ބޯސް: ޑެޑް/އެލައިވް" ގެ ޑައިރެކްޓަރެވެ.

ކާސްޓްގައި ސަންޖޭ މިޝްރާ އާއި އަދިތިޔާ ސްރިވަސްތާވް އަދި ސާއީ ތަމްހަންކަރް ވެސް ހިމެނޭ "ބަކްޝަކް" އަކީ އިންޑިއާގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.މީގެ ވާހަކަ ބިނާ ކޮށްފައި އޮތީ މުޒައްފަރުޕޫރްގެ ޝެލްޓާ ހޯމެއްގައި ގިނަ އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 2018 ގައި ފަޅާއެރި ހާދިސާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.