"ބަކްޝަކް" ޓްރެއިލާ ދައްކައިލައިފި

"ބަކްޝަކް" ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
05 ފެބްރުއަރީ 2024 07:56
0

ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓަށް ބަަތަލާ ބޫމީ ޕިޑްނޭކަރް ކުޅެދޭ ފިލްމް "ބަކްޝަކް" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

މި ފިލްމު ގައި ބޫމީ ފެނިގެންދާނީ ނޫސްވެރިއެއްގެ ގޮތުގައިއެވެ. އިންވެސްޓިގޭޓިވް ކްރައިމް-ތުރިލާއެއްގެ ގޮތުގައި ގެެނެސްދޭ މި ފިލްމު ލިޔެ، ޑައިރެކްޓްކުރީ ޕުލްކިތެވެ. އޭނާ އަކީ އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީ އަށް ރާޖްކުމާރު ރާއޯ ކުޅުނު 2017 ގެ ވެބް ސީރީޒް "ބޯސް: ޑެޑް/އެލައިވް" ގެ ޑައިރެކްޓަރެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

ކާސްޓްގައި ސަންޖޭ މިޝްރާ އާއި އަދިތިޔާ ސްރިވަސްތާވް އަދި ސާއީ ތަމްހަންކަރް ވެސް ހިމެނޭ "ބަކްޝަކް" އަކީ އިންޑިއާގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މީގެ ވާހަކަ ބިނާ ކޮށްފައި އޮތީ މުޒައްފަރުޕޫރްގެ ޝެލްޓާ ހޯމެއްގައި ގިނަ އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 2018 ގައި ފަޅާއެރި ހާދިސާއަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.