ނޯރާ ދެކެ އާންމުން ރުޅި އަތުވެއްޖެ

ނޯރާ ދެކެ އާންމުން ރުޅި އަތުވެއްޖެ

Author
ފާތިމަތު ނާވީ
13 ފެބްރުއަރީ 2024 10:15
0

ބޮލީވުޑްގެ "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު ބަތަލާ ނޯރާ ފަތޭހީ އަށް އާންމުގެ ގިނަ ބައެއްގެ ނަފްރަތު އަމާޒު ވެއްޖެއެވެ.

ނޯރާ ދެކެ ރުޅި އައިސްގެން ސޯޝަލް މީޑީއާގައި ވަނީ ގިނަބަޔަކު ނުރުހުން ފާޅު ކޮށްފައިއެވެ. ނޯރާ އަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވީ ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯއެއް ކަމަށްވާ "ޑާންސް ޕްލަސް ޕްރޯ"ގައި އޭނާ ހުށަހެޅި ނެށުމަކަށް ފަހުގަ އެވެ.

ނޯރާ ގެ ހުށަހެޅުން ކަމު ނުގޮސްގެން އަޑު އުފުލި މީހުން ބުނީ އާއިލީ ޝޯވ އެއްގެ ތެރޭގައި އޭނާ ނަށައިފައިވަނީ ވަރަށް ބޭއަދަބީ ކޮއް ކަމަށެވެ. މި ނެށުމުގައި އޭނާ އާއި އެކުގައި އިތުރު ދެބައިވެރިން ވެސް ވަނީ ނަށައިފައިއެވެ.

ނޯރާ އަކީ މިހާރު ބޮލީވުޑްގެ ނުފޫޒު ގަދަ ނެށުންތެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.