ވިޖޭ ސިޔާސީ ޕާޓީއެއް އުފައްދަނީ

ވިޖޭ ސިޔާސީ ޕާޓީއެއް އުފައްދަނީ

Author
ފާތިމަތު ނާވީ
05 ފެބްރުއަރީ 2024 07:57
0

ސައުތުގެ މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި އެވެ.

މަޝްހޫރު އެކްޓަރު އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމިކަން އިއުލާންކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ އެވެ. އެ ޕާޓީގެ ނަމަކީ "ތަމިލާގާ ވެތުރީ ކަޒާގަމް" އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އިންޑިއާގެ ދެކުނުގެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ވިޖޭ ބުނީ އޭނަގެ ސިޔާސީ ޕާޓީ އަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ އަދި ކޮރަޕްޝަނާއި ފަސާދަ ފަދަ ބޮޑެތި މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާނެ ވަރަށް ޒިންމާދާރު ޕާޓީއަކަށް ވާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Vijay (@actorvijay)

49 އަހަރުގެ އެކްޓަރު ބުނީ އޭނާ މި ޕާޓީ އުފެއްދީ 2026 ވަނަ އަހަރު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ އިންތިހާބުގައި ވާދަކުރުމަށް މިހާރުން ފެށިގެން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.