ޕޫނަމް ޕާންޑޭ މަރުނުވާ ކަމަށާއި އެފަދަ ވާހަކައެއް ފެތުރީ ކެންސަރަށް ހޭލުންތެރި ކުރަން ކަމަށް ބުނެ އޭނަގެ އިންސްޓަގްރާމްގައި ވީޑިއޯ ޕޯސްޓްތަކެއް އާންމުކޮށްފި އެވެ.
މި މަހުގެ އެއްވަނަ ދުވަހުގައި ޕޫނަމް ރަހިމުގެ ކެންސަރު ބަލީގައި މަރުވެފައި ވާކަމަށް ބުނެ ފެތުރި ހަބަރާއި އެކުގައި ގިނަ ބަޔަކު ވަނީ އޭނާ އަށް ތައުޒިއާގެ މެސެޖުތަށް ފޮނުވާފައިއެވެ. އޭގެ ތެރޭގައި ބަތަލާ ކަންގަނާ ރަނާވަތް ހިމެނެއެވެ.
ނަމަވެސް އިއްޔެ އޭނާ ވަނީ މަރުނުވާ ކަމަށް ބުނެ ޕޯސްޓުތަކެއް އާންމުކޮށްފައިއެވެ. ޕޫނަމް ގެ މަރުގެ ހަބަރާއި އެކުގައި ޝޮކުގައި ތިބި އެރަށް ބަޔަކު މިހަބަރާއި އެކުގައި ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިއެވެ.
މި ހަބަރު އޭނާ ފެތުރީ އޭނާގެ މެނޭޖަރު ލައްވައި އަމިއްލަ އަށެވެ. ގިނަ ބަޔަކު ބުނެފައިވަނީ އެފަދަ ހަބަރު ފެތުރުމަކީ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ. އަދި އޭނާއަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވައިލައިފައިއެވެ.
އާންމުންގެ ތެރޭގައި ޕޫނަމް އެންމެ ބޮޑަށް މަޝްހޫރީ ނިވާކަން ކުޑަކޮށް ހެދުން އަޅައި، ހަށިގަނޑުގެ ވަނާތައް ފާޅުކުރަން އާދަވެފައިވާ މީހެއްގެ ގޮތުގަ އެވެ. އަދި ފިލްމް ތަކުގައި ގައިގޯޅި މަންޒަރުތަށް ކުޅޭ ތަރިއެއްގެ ގޮތުގައިއެވެ.
ބޮލީވުޑުން މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ޕޫނަމް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނަޝާ"، "ލަވް އިޒް ޕޮއިޒަން" އަދި "ޖާނީ އޮފް ކަރްމާ" ހިމެނެ އެވެ. ނަމަވެސް މި ފިލްމް ތަކަކީ ކާމިޔާބެއް ހޯދުނު ފިލްމް ތަކެއް ނޫނެވެ. އަނެއް ކޮޅުން އޭނާ ފިލްމް ތަކުން ފެނިގެން ގޮސްފައިވަނީ ސަޕޯޓިން ރޯލުތަކުންނެވެ.
ޕޫނަމް ދެ ރިއަލިޓީ ޝޯއެއްގައި ވެސް ވާދަކޮށްފައިވެ އެވެ. އެއީ ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" ގެ 4 ވަނަ ސީޒަނާއި 2022 ގައި ކަންގަނާ ހޯސްޓްކުރި "ލޮކަޕް" އެވެ.