ޓީ ބިލާއި ބޮންޑަށް ދައްކަން ޖެހޭ ދަރަނި 80 ބިލިއަން ރުފިޔާގައި

ޓީ ބިލާއި ބޮންޑަށް ދައްކަން ޖެހޭ ދަރަނި 80 ބިލިއަން ރުފިޔާގައި

Author
ހުސެއިން
04 ފެބްރުއަރީ 2024 11:11
0

ސަރުކާރުން ދޫކޮށްފައިވާ ޓ-ބިލާއި ބޮންޑަށް ދައްކަން ޖެހޭ ދަރަނި 80 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް، ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން 32.6 ރުފިޔާއަކީ ފީނޭންސް މިނިސްޓްރީ ދޫކޮށްފައިވާ ޓީ-ބިލަށް ދައްކާން ޖެހިފައިވާ ފައިސާއެވެ.

ޓީ ބިލާއި ބޮންޑުގެ ދަރަނީގެ ތެރެއިން 6 ބިލިއަން ރުފިޔާ ސަރުކާރުން ކުރިޔަށް އޮތް 1 މަސްދުވަހުގެ ތެރޭގައި ދައްކާން ޖެހެއެވެ. އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި އިތުރު 3 ބިލިއަން ރުފިޔާ ދައްކާން ޖެހޭއިރު، މިއަރުގެ ތެރޭގައި މިއަދަދު 24.8 ބިލިއަން ރުފިޔާއަށް އަރައެވެ.

ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތުގެ ތަފްސީލު

  • އެއް މަސް: 6 ބިލިއަން ރުފިޔާ
  • ތިން މަސް: 3 ބިލިއަން ރުފިޔާ
  • ހަ މަސް: 5.7 ބިލިއަން ރުފިޔާ
  • އެއް އަހަރު: 24.8 ބިލިއަން ރުފިޔާ
  • އެއް އަހަރާއި ދެ އަހަރުގެ ތެރޭގައި: 700 މިލިއަން ރުފިޔާ
  • ތިން އަހަރާއި ފަސް އަހަރުގެ ތެރޭގައި: 12.1 ބިލިއަން ރުފިޔާ
  • ފަސް އަހަރާއި ހަތް އަހަރުގެ ތެރޭގައި: 2.1 ބިލިއަން ރުފިޔާ
  • ހަތް އަހަރާއި 10 އަހަރު: 6.5 ބިލިއަން ރުފިޔާ
  • 10 އަހަރާއި އޭގެ ފަސް: 19 ބިލިއަން ރުފިޔާ

ސަރުކާރުން ޓީ ބިލް ވިއްކަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް، ކުރު މުއްދަތުގެ ލޯންގެ ގޮތުގައެވެ. އާންމުކޮށް މި ލޯންތައް ނަގަނީ ޕެންޝަން ފަންޑުންނާއި ބައެއް ބޭންކުތަކުންނާއި، އަދި އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.