އެތެރޭގެ ދަރަނީގެ ތެރެއިން 59 ބިލިއަން ރުފިޔާ ނަގާފައިވަނީ ޕެންޝަން ފަންޑުންނާއި ކޮމާޝަލް ބޭންކުތަކުން

އެތެރޭގެ ދަރަނީގެ ތެރެއިން 59 ބިލިއަން ރުފިޔާ ނަގާފައިވަނީ ޕެންޝަން ފަންޑުންނާއި ކޮމާޝަލް ބޭންކުތަކުން

އެތެރޭގެ ދަރަނީގެ ތެރެއިން 59 ބިލިއަން ރުފިޔާ ނަގާފައިވަނީ ޕެންޝަން ފަންޑުންނާއި ކޮމާޝަލް ބޭންކުތަކުންކަމަަށް މާލީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ނިމުނުއިރު އެތެރޭގެ ދަރަނި 73 ބިލިއަން ރުފިޔާއަށް އަރާ ބޭރުގެ ދަރަނި ހުރީ 51 ބިލިއަން ރުފިޔާގައެވެ..

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރޭގައި ދައުލަތުން ދޭ ގެރެންޓީގެ ގޮތުގައި ހިމެނޭ 14 ބިލިއަން ރުފިޔާ ހިމެނެ އެވެ.

މިއީ މިދިޔަ އަހަރު ފެށުނު އިރުގެ އަދަދަށް ވުރެ 10 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެށުނުއިރު ދައުލަތުގެ ދަރަނި ހުރީ 114 ބިލިއަން ރުފިޔާގަ އެވެ. އޭރު އެތެރޭގެ ދަރަނި ހުރީ 65 ބިލިއަން ރުފިޔާގައި ހުރިއިރު ބޭރުގެ ދަރަނި ހުރީ 49 ބިލިއަން ރުފިޔާގައި ކަމަށެވެ.

ދައުލަތުގެ އެތެރޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 68 ޕަސެންޓުގައި ހުރިއިރު ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނުސްބަތުން 48 ޕަސެންޓުގަ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް މިދިޔަ އަހަރު ވަނީ 8.7 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ އަހަރު އެތެރޭގެ ދަރަނި ދެއްކުމަށް 458 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

2021 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 95 ބިލިއަން ރުފިޔާގައި ހުރިއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި 30 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން އެނގެ އެވެ. ސަރުކާރުގެ ދަރަނި އަހަރުން އަހަރަށް އިތުރުވަމުންދާއިރު، 2026 ވަނަ އަހަރަކީ ސަރުކާރުގެ އެންމެ ބޮޑު ދަރަންޏެއް އެއްފަހަރާ، އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) އެއްފަހަރާ ދައްކަން ޖެހޭ އަހަރެވެ.

ދަރަނި އަދާކުރުމަށް، ސޮވެރިން ފަންޑުން 9.8 ބިލިއަން ރުފިޔާ ބޭނުންކުރަން ސަރުކާރުންވަނީ ނިންމާފައެވެ. މި ފަންޑުގައި މިހާރު 7.4 ބިލިއަން ރުފިޔާ ހުރިއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ އަދަދު 9.7 ބިލިއަން ރުފިޔާއަށް އިތުރުކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *