ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރީ މެޑިސިން ކޯސްތައް ބަލައިގަންނަން ފަށައިފި

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރީ މެޑިސިން ކޯސްތައް ބަލައިގަންނަން ފަށައިފި

Author
ހުސެއިން
03 ފެބްރުއަރީ 2024 09:54
0

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އަނެއްކާވެސް ޕްރީ މެޑިސިންގެ ކޯސް ބަލައިގަންނަން ފަށައިފިއެވެ.

ޕްރީ މެޑިސިން އަކީ އެމްބީބީއެސް ނުވަތަ ޑެންޓިސްޓްރީ ކޯސް (ބީޑީއެސް) އަށް ކޮލިފައިވުމަށް އޭ ލެވެލްގެ ބަދަލުގައި ބާއްވާ އެއް އަހަރު ދުވަހުގެ ކޯހެކެވެ. ނަމަވެސް މެޑިކަލް ކައުންސިލުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ނެރުނު ބަޔާނެއްގައި ބުނީ ޕްރީ މެޑިސިން ކޯސްތައް ބަލައިގަތުން ހުއްޓާލީ ބައެއް ގައުމުތަކުގެ ކޯސްތައް ޑިޒައިން ކޮށްފައި ނުވާތީ އޭގެ ނަތީޖާއެއްގެ ގޮތުން ފެންވަރު ދަށް ވުމުގެ ސަބަބުން ކަމުގައެވެ

. ބައެއް ގައުމުތަކުގައި އެއް އަހަރު ދުވަހުގެ ޕްރީ މެޑިސިން ކޯސްތައް ހިންގަނީ އެންމެ ހަ މަސް ދުވަހަށް ކަމަށް އެ ބަޔާނުގައި ވެ އެވެ. ނަމަވެސް ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ކައުންސިލުން ވަނީ ގަވާއިދަށް ބަދަލު ގެނެސްފަ އެވެ. އޮގަސްޓް 22، 2023 ގައި ޝާއިއުކުރި އުސޫލުގައިވާ ގޮތުން ސީ އަށް ވުރެ ދަށް ގްރޭޑަކާ އެކު ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތަމެޓިކްސް އިން ފާސްވެފައިވާ ދަރިވަރުން ޕްރީ މެޑިސިންގެ އެއް އަހަރު ނުވަތަ 32 ދިރާސީ ހަފުތާ ފުރިހަމަ ކުރަން ޖެހެ އެވެ.

މެޑިކަލް ކައުންސިލުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ރާއްޖެއިން ބޭރުގައި ހިންގާ ޕްރީ މެޑިސިން ކޯސްތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ގެއްލުންވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިފަހަރު އެ ބަދަލު ގެނައީ ކީއްވެގެން ކަމެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.