ނަލަހިޔާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ނަލަހިޔާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގުޅުންހުރި

މާފަންނުގައި ހުންނަ ނަލަހިޔާ ހޮޓަލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ޚަބަރު ލިބުނީ މިއަދު އިރުއޮއްސޭހާއިރު ކަމަށާއި، އެ ޚަބަރު ލިބުމާއެކު ހޮޓަލަށް ދިޔައިރު ދުން އަރަމުން ދިޔައީ ހޮޓަލުގެ ޖިމްގައި ހުރި ސައުނާއިން ކަމުގައެވެ.

އަދި އެ އިމާރާތުން އަރަމުންދިޔަ ހުއްޓުވުމަށް އެމްއެންޑީއެފްފެ ފަޔާ ފައިޓަރުން ވަނީ ހަރަކާތްތެރި ވެފައެވެ.

މި ހާދިސާ ހިނގުމާއެކު ސޯޝަލް މީޑީއާގައި އާންމު ވެފައިވާ ވޯޑިއޯތަކުން، އެ އިމާރާތުން ވަރަށްބޮޑަށް ދުން އަރަމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ. އަދި އެޗްޕީއޭއިންވަނީ އެކަމަށް ސާމާލުވުމަށްވެސް އިލްތިމާސް ކޮށްފައެވެ.

މިހާރު ވަނީ އިމާރާތުން އަރަމުންދިޔަ ދުންވެސް ކޮންޓްރޯލް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *