ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

Author
އަހުމަދު
03 ފެބްރުއަރީ 2024 10:09
0

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަނީ އެންމެ ދެ ދާއިރާގައެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގައެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި ބެހެއްޓި އިރު، ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެ ޕާޓީގެ ހަރުގޭގައެވެ.

މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާ އަށް ވާދަކުރަން ޑިމޮކްރެޓްސް އިން ނިންމި ނަމަވެސް ކެންޑިޑޭޓުން ކުރިމަތިލީ 41 ދާއިރާއަށެވެ. އޭގެ ތެރެއިން 39 ދާއިރާއަކަށް އެއް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ އެ ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

މަޖިލިހުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.