އިންޑިއާގެ އަސްކަރީ މަނަވަރެއް ކައިރިކޮށް އިތުރު ދޯންޏަކަށް ބިރު ދައްކައިފި

އިންޑިއާގެ އަސްކަރީ މަނަވަރެއް ކައިރިކޮށް އިތުރު ދޯންޏަކަށް ބިރު ދައްކައިފި

ގުޅުންހުރި

އިންޑިއާގެ އަސްކަރީ މަނަވަރަކުން ދިވެހި އިތުރު މަސް ދޯންޏަކަށް ބިރު ދައްކާފައިވާކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ބުނެފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެރޭ މާހޯރަ 3 ދަތުރު ކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏައް އަރާ މަސްވެރިންނަށް ވަނީ ބިރު ދައްކާފައި ކަމުގައެވެ. އަދި މި މައްސަލަ ދޯނީގެ ވެރި ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެ ޔޫނިއަންގެ އެކްސް ޕޯސްޓުގައި ވެއެވެ.

މި ހަފްތާގައި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގެ އިތުރު 3 މަސް ދޯންޏަކަށް އެރި މައްސަލަ ބޮޑުވެ، ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ރާއްޖެއިންވަނީ އިންޑިއާ ސިފައިން ރާއްޖޭގެ މަސައްދޯންޏަށް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެރި ސަބަބު އޮޅުން ފިލުވުމަށް އެގައުމުން އެދިފައެވެ.

އިންޑިއާއިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން މިދަނީ، ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް އިންޑިއާއިން ގަބޫލުކުރާ ރިސާޗް އުޅަނދެއް ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ރާއްޖެއިން ދީފައި ވަނިކޮށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ