ރާއްޖޭގެ އުތުރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު، ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއް ގައި ބުނެފައި ވަނީ ރާއްޖޭގެ އުތުރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ސަރަހައްދު ގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އަދި އެ އުޅަނދުން ދަނީ އެ ސަރަހައްދު ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދު އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިމިވަނީ، ރާއްޖޭގެ އުތުރުން މަސްވެރިކަން ކުރަން އުޅުނު ތިން ދޯންޏަކަށް އިންޑިއާ ސިފައިން އަރައި އެ ދޯނިތަކުގައި ތިބި މަސްވެރިންނާ ސުވާލުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ދޯނިތަކަށް އިންޑިއާ ސިފައިން ހަތިޔާރާ އެކު އަރާ އުޅުނު މަންޒަރު ފެންނަ ވީޑިއޯތައް މިއަދު ވަނީ އާންމު ކޮށްފައެވެ. މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މިހާތަނަށް މާބޮޑު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ