ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ "އޮކިއުޕޭޝަން ޑޭ" ޕްރޮގްރާމްގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލު ހޯލުގައި ބޭއްވި ޕްރޮގްރާމުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ސްކޫލާއި ގެތެރޭގެ މާހައުލުގައި ދަރިވަރުން އުޅޭއިރު އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން އެ ސްކޫލުގެ ގްރޭޑް 1 ގެ 85 ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މިއަދު ހެނދުނު 09:00 އިން 12:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.
ކޮމެންޓު ފޮނުވާ