3 ދޯންޏަކަށް އިންޑިއާ ސިފައި އެރި، އެރީ ހަތިޔާރާ އެކީ: މަސްވެރިންގެ ޔޫނިއަން

3 ދޯންޏަކަށް އިންޑިއާ ސިފައި އެރި، އެރީ ހަތިޔާރާ އެކީ: މަސްވެރިންގެ ޔޫނިއަން

Author
ހުސެއިން
31 ޖެނުއަރީ 2024 10:04
0

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް ބަލަމުން އަންނަކަމަށް އެމްއެންޑީއެފުން ބަލަން ފަށާފައިވާކަން ހާމަކޮށްފައިވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން 3 ދޯންޏަަކަށް އިންޑިއާގެ ސިފައި އަރާފައިވާކަމަށް މަސްވެރިންގެ ޔޫނިއަންއިން ބުނެފިއެވެ.

އެ ޔޫނިއަންކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3، ނިރު 7 އަދި މާހޯރަ 3 މި ތިންދޯންޏަށްވެސް އިންޑއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އެރިކަމަށް މަޢުލޫމާތުލިބިފައިވާ ކަމުގައެވެ. އަދި ދޯނި ފަހަރަށް އިންޑިއާ ސިފައިން އެރިއިރު އެމީހުން އަތުގައި ހަތިޔާރުހުރި ކަަމުގެ މަޢޫމާތު ލިބިފައިވާކަމަށްވެސް އެ ޔޫނިއަންއިން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ސިފައިން ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައި ނުވެއެވެ.

ބެލެވޭ ގޮތުގައި އެ ދޯންޏަށް އަރާފައި ވަނީ އިންޑިއާގެ ސިފައިންނެވެ. ސިފައިން އަރާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ "އަސުރުމާ 3″ ދޯންޏަށެވެ.

ރާއްޖޭގެ އެންމެ އުތުރުން ދޯންޏަށް ބޭރުގެ ސިފައިން އެރި ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެހެންނަމަވެސް އެ ސަރަހައްދު ދަތުރުކުރަމުންދިޔަ ކޯސްޓްގާޑުގެ އުޅަނދަށް އެ ސަރަހައްދަށް ދެވުނުކަމުގެ މައުލޫމާތު އެމްއެންޑީއެފްއިން ފަހުން ދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.