އެމީ އާއި އެޑް އެންގޭޖް ވެއްޖެ

އެމީ އާއި އެޑް އެންގޭޖް ވެއްޖެ

Author
ފާތިމަތު ނާވީ
04 ފެބްރުއަރީ 2024 09:20
0

ބޮލީވުޑްގެ ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ބަތަލާ އެމީ ޖެކްސަން އާއި ލޯބިވެރިޔާ އެޑް ވެސްޓިކް އެންގޭޖްވެއްޖެއެވެ.

އެމީހުން ގެ ސޯޝަލް މީޑިއާ އެކައުންޓުގައި މިކަން ވަނީ އިއުލާން ކޮށްފައިއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ ދުވަސްގަނޑެއް ވެފައިއެވެ. އެމީހުން އެންގޭޖް ވެފައިވަނީ މިހާރު ސްވިޒަލޭންޑްގައި ކުރަމުން އަންނަ ޗުއްޓީގެ ތެރެއިންނެވެ.

 

View this post on Instagram

 

A post shared by Amy Jackson (@iamamyjackson)

މަޝްހޫރު އެމެރިކަން ޓީން ޑްރާމާ "ގޮސިޕް ގަލް"ގެ އެއް ލީޑް އެކްޓަރު އެޑް އާއި އެމީ ލޯބީގެ ގޮތުން ގުޅިފައިވާ އިރުގައި ޖޯޖް ކިޔާ މިހާކާއި ލޯބިގެ ގޮތުން ގުޅިގެން އުޅުނު އިރުގައި އެދެމީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ. އެކުއްޖާ އަށް މިހާރު ވަނީ 5 އަހަރުވެފައިއެވެ.

 

View this post on Instagram

 

A post shared by Amy Jackson (@iamamyjackson)

އެމީ ގެ ފިލްމީ ކެރިއަރުގެ އެންމެ ފުރަތަމަ ފިލްްމ އަކީ ޓަމިލް ފިލްމްއެކެވެ. އޭނާ ބޮލީވުޑް އަށް ތައާރަފްވީ "ސިންގް އިޒް ބްލިންގ" އިން އަކްޝޭ ކުމާރު އާއި އެކުގައިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެމީ މޮޑެލް ކުރަން ފެށީ އުމުރުން އެެންމެ 15 އަހަރުގައިއެވެ. އިނގިރޭސިވިލާތުގެ ފެޝަން ޝޯތަކުންނާއި ކާންސް ފިލްމު ފެސްޓިވަލްއިން ކޮންމެ އަހަރަކުވެސް އޭނާ ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.