މި އަހަރުގެ ފިލްމްފެއާ އެވޯޑް ބާއްވާފައިވަނީ މިދިއަ އާދިއްތަ ދުވަހުގެ ރޭގައިއެވެ. ގިނަ އަދަދެއްގެ ތަރިން ބައިވެރި ވި މި ހަފްލާ ކުރިއަށް ދިއައީ ވަރަށް ފޯރިގަދަ އައިޓްމ ތަކަކާއި ވެސް އެކުގައިއެވެ.
މިއީ ކައިވެންޏަށް ފަހުގައި ރަންބީރު އާއި އާލިއާ ގެ ފުރަތަމަ ފިލްމް ފެއާއެވެ. ފިލްމް ފެއާއިން އެންމެ ބޮޑަށް ވިދާލީވެސް އެދެމަފިރިންނެވެ. އެގޮތުން މި ހަފްލާގެ ހައި ލައިޓް އަކީ އެއީއެވެ.
ރަންބީރަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އެކްޝަން ޑްރާމާ "އެނިމަލް" ގައި ކުޅުނު ވަރުގަދަ ރޯލުންނެވެ. އާލިއާ އަށް މޮޅު ބަތަލާގެ އެވޯޑް ލިބުނީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ކުޅުނު ރޯލުންނެވެ.
މި އަހަރަކީ އާލިއާ ޖެހިޖެހިގެން ދެވަނަ ފަހަރަށް މޮޅު ބަތަލާގެ އެވޯޑް ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނަ އަށް އެވޯޑް ލިބުނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އިންނެވެ. އެ ފިލްމުން އާލިއާ އަށް މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.
މިފަހަރު އެންމެ މޮޅު ފިލްމަކަށް ޕޮޕިއުލާ ކެޓަގަރީން ހޮވުނީ "ޓުވެލްތު ފެއިލް" އެވެ. އަދި ކްރިޓިކްސްގެ ކެޓަގަރީން އެންމެ މޮޅު ފިލްމަކަށް ހޮވުނީ "ޖޮރަމް" އެވެ.
ފާހަގަކޮށްލެވޭ އެވޯޑުތައް
• އެންމެ މޮޅު އެކްޓަރު (ކްރިޓިކްސް) – ވިކްރާންތު މަސީ / ޓުވެލްތު ފެއިލް
• އެންމެ މޮޅު އެކްޓްރެސް (ކްރިޓިކްސް) – ޝެފާލީ ޝާހް / ތުރީ އޮފް އަސް
• އެންމެ މޮޅު ސަޕޯޓިން އެކްޓަރު – ވިކީ ކައުޝަލް / ޑަންކީ
• އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް – ޝަބާނާ އަޒްމީ / ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ
• އެންމެ މޮޅު ސްކްރީންޕްލޭ – ވިންދޫ ވިނޯދު ޗޯޕްރާ / ޓުވެލްތު ފެއިލް
• އެންމެ މޮޅު ޑައިރެކްޓަރު – ވިންދޫ ވިނޯދު ޗޯޕްރާ / ޓުވެލްތު ފެއިލް
މި އަހަރަކީ އާލިއާ ޖެހިޖެހިގެން ދެވަނަ ފަހަރަށް މޮޅު ބަތަލާގެ އެވޯޑް ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނަ އަށް އެވޯޑް ލިބުނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އިންނެވެ. އެ ފިލްމުން އާލިއާ އަށް މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.
ކޮމެންޓު ފޮނުވާ