މަނީ ލޯންޑިންގ ގެ ތުހުމަތު ތަކެއް ކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ޖެކުއަލިން ފެރްނާންޑޭޒް ވަނީ މި މައްސަލައާއި ގުޅޭ ހެކިތަށް ނައްތައިލައިފައި ކަމަށް އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ބުނެފިއެވެ.
2022 ވަނަ އަހަރު ފެންމަތިވި މި މައްސަލައާއި ގުޅިގެން އޭރުގެ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ސުކޭޝް ޗަންދްރާޝޭކަރު އެ މައްސަލައިގައި އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މީގެ އިތުރުން އީޑީއަށް ހާޒިރު ކޮށް އެކި ފަހަރު މަތިން ޖެކުއަލިން އާއި އެކަމާއި ގުޅޭ ގޮތުން ސުވާލު ވެސް ކޮށްފައިވެއެވެ. އަދި އޭނާ ގައުމުން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ދޫކޮށްލައިފައިވަނީ ދާދި މިދާކަށް ދުވަހުގައިއެވެ.
ނިއުސް 18 އަށް މައުލޫމާތު ދެމުން އިރުތަށް އެ އިދާރާ އިން ބުނީ ޖެކުއަލިންގެ ފޯނުގައި ހެކި ނައްތަލައިލާ އޭނާގެ ގާތް މީހުންގެ އަތުގައި ހުރި ހެކިތަށް ނައްތައިލުމަށް ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ގަނޑުގައި ހއްޔަރު ވެފައިވާ ޖެކުއަލިން އަދިވެސް އުޅޭނީ މިކަންތަށް ގަނޑުން އަރައި ނުގަނެވިގެންނެވެ. މިއާއި އެކުގައި އޭނާގެ ފިލްމީ ކެރިއަރު މިހާރު ވަނީ ސުވާލު މާކެއްގެ ތެރޭގައިއެވެ.
ކޮމެންޓު ފޮނުވާ