ފުވައްމުލައް ސިޓީގެ 08 ނަމްބަރު ސަބް ސްޓޭޝަނަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއިން ގެނެވުނު 1000ކވއ ގެ ޓްރާންސްފޯމަރ އިންސްޓޯލް ކުރުމަށްފަހު އެސިޓީގެ މިސްކިތްމަގު އަވަށާއި މާދަނޑު އަވަށަށް ވަނީ ރޭ 1:16 ގައި ކަރަންޓު ފޯރުކޮށް ދޭން ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.
ފެނަކައިން ބުނެފައިވަނީ، ފުވައްމުލަކު ސިޓީގައި ބެހެއްޓިފައިވާ 800ކވއ ޓްރާންސްފޯމަރއެއް ފަޅައިގެން ދިޔުމުގެ ސަބަބުން އެ ސިޓީގެ މިސްކިތްމަގު އަވަށުން ބަޔަކާއި މާދަނޑު އަވަށުގެ ބަޔަކުން ކަރަންޓު އިއްޔެ ކަރަންޓު ކެނޑިގެން ދިޔަ ކަމަށެވެ.
އެމައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ އިން 1000ކވއ ޓްރާންސްފޯމަރއެއް ފުވައްމުލަކަށް ގެންދިޔުމުގެ މަސައްކަތް ފަށާފައި ވަނީ އިއްޔެއެވ އަދި ރޭގެ ވަގުތެއްގައި 1000ކވއ ގެ ޓްރާންސްފޯމަރ އިންސްޓޯލްކޮށް ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިް ކުރިން ބުނެފައި ވެއެވެ.
ފުވައްމުލަކު ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން ގެން ސެޓެއް ކުރިން ގެންދަން މަސައްކަތް ކުރީ ގދ. ގައްދޫއިންނެވެ. އެހެންނަމަވެސް އެރަށުގެ ރައްޔިތުން އެކަމަށް ދެކޮޅު ހެދުމާއި ގުޅިގެން އެރަށުން ޖެން ސެޓް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.