ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ފުވައްމުލަކު ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިމައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުއައްމަދުދީދީ އެވެ.

އޭނާ ރައްޔިތުންގެ މަޖިލިހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދުމަތް މެދުކެނޑި، މައްސަލައަށް ހައްލު ނުހޯދި އެކަށީގެންނުވާ ދިގު މުއްދަތަކަށް ދިގު ދެމިގެން ދިއުމަކީ ފުވައްމުލަކު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމުގައެވެ.

އަދި އެކަމުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުން ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާއިރު، ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދޮޅުމަސް ހޭދަވެގެން ގޮސްފައިވާކަމަށްވެސް އޭނާގެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ކަރަންޓު ޚިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކަނޑަން ފެށުމުގެ އެތައް ދުވަހެއް ކުރިންވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގިތިބެ އަދި ފެނަކައިގެ ބެލުމުގެ ދަށުގައި، ބޭނުންނުކުރާ ޖެންސެޓް ހުރެމެ، މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެ މެނޭޖްމަންޓުން ކުރަމުންދާކަމަށް ފުވައްމުލަކުގެ ރައްޔިތުންނަށް ގަބޫލުކުރަން ދައްޗެވެ.

މެމްބަރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އޭނާގެ ސިޓީގައި ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން މި ހޫނު މޫސުމުގައި ފުވައްމުލަކުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ހައްލު ނުހޯދި ލަސްވަމުންދާދިއުމަކީ ފެނަކައިގެ އިހުމާލުންވި ކަމެއްކަމަށް އޭނާ ދެކޭކަމަށާއި، މައްސަލަ އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް އެދޭކަމަށެވެ.

ފެނަކައިން ބުނެފައިވަނީ ފުވައްމުލައް ސިޓީގެ 08 ނަމްބަރު ސަބް ސްޓޭޝަނަށް ދިމާވި މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއިން ގެނެވުނު 1000ކވއ ގެ ޓްރާންސްފޯމަރ އިންސްޓޯލް ކުރުމަށްފަހު އެސިޓީގެ މިސްކިތްމަގު އަވަށާއި މާދަނޑު އަވަށަށް ވަނީ ރޭ 1:16 ގައި ކަރަންޓު ފޯރުކޮށް ދޭން ފަށާފައި ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *