ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓުންނާއި ރައީސް ބައްދަލުކުރައްވައިފި

ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓުންނާއި ރައީސް ބައްދަލުކުރައްވައިފި

Author
ހުސެއިން
31 ޖެނުއަރީ 2024 09:42
0

މިއަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޓިކެޓް ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 3 ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ޕީޕީއެމް ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް 75 މީހަކު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކޮށްފައެވެ. އަދި 15 މީހަކު ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓް ކަށަވަރުކޮށްފައެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މަދުވެގެން 62 ގޮނޑި އެ ކޯލިޝަނުން ކާމިޔާނު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.