ރުހުން ނުދިން ވަޒީރުންގެ ނަންތައް ދެން މަޖީހަށް ނުފޮނުވޭނެ: ޑިމޮކްރެޓްސް

ރުހުން ނުދިން ވަޒީރުންގެ ނަންތައް ދެން މަޖީހަށް ނުފޮނުވޭނެ: ޑިމޮކްރެޓްސް

Author
ހުސެއިން
30 ޖެނުއަރީ 2024 04:33
0

"ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުންކަމަށް، އިއްޔެ މަޖިލީހުން ރުހުން ނުދީފައިވަނިކޮށް ރައީސް މުއިއްޒު އަލުން ހަމަ އެވުޒާރާތަކަށް އެ ވަޒީރުން އައްޔަން ކުރެއްވި ކުރެއްވުން ޑިމޮކްރެޓްސް ޕާޓީން ކުށްވެރި ކޮށްފިއެވެ.

އިއްޔެ މަޖިލީހުން ރުހުން ނުދީފައިވަނިކޮށް، ހަމަ އެ ވުޒާރާތަކަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ވަޒީރުން މިއަދު އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާއިރު، ޑިމޮކްރެޓްސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށްވެސް ޑިމޮކްރެޓްސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައު ބުނެފައި ވެއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި އަމަލުތައް ބަލައެއް ނުގަންނަ ކަމަށާއި، ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ހަނދުމަކޮށް އަރުވާ ކަމަށެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއާއި، ހައުސިން މިނިސްޓަރ ޑރ. ހައިދަރުގެ އިތުރުން އޭޖީ އުޝާމްއަށެވެ.

އިއްޔެގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއަށް ރުހުން ނުދޭން ފާސްކޮށްފައިވާއިރު، އޭނާއަށް ރުހުން ދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދީފައިވެއެވެ. ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދީފައިވެއެވެ.

އޭގެ އިތުރުން މިނިސްޓަރ ޑރ. ހައިދަރު ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދީފައިވާއިރު، ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.