ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒު

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒު

Author
ހުސެއިން
30 ޖެނުއަރީ 2024 12:08
0

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒު މިއަދު އައްޔަން ކޮށްފިއެވެ.

މުހުތާޒު ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ދަނގެތީ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. އެހެންނަމަވެސް ޕްރައިމަރީން އޭނާވަނީ ބަލި ވެފައެވެ.

މުހުތާޒުގެ އަނބިކަބަލުން ނިސްބަތްވަނީ ދެނގެތީ ދާއިރާއަށެވެ.

މުހުތާޒާއަކީ ރައީސް އޮފީހަށް އައްޔަން ކުރެއްވި 4 ވަނަ އެޑްވައިޒަރެވެ. އޭނާގެ އިތުރުން ދެން ތިއްބެވި އެޑްވައިޒަރުންނަކީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހުގެ އިތުރުން ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.

ޖަނާހު އާއި ހަލީލު އައްޔަން ކުރައްވާފައިވަނީ މުސާރަ ނުލިބޭ އެޑްވައިޒަރުންގެ ގޮތުގައެވެ. އެހެންނަމަވެސް އަބުދުއްރަހީމް އައްޔަން ކުރައްވާފައިވަނީ ސީނިއާ މިނިސްޓަރުގެ ރޭންކުގައި ފުލް މުސާރައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.