މަޖިލިުުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކޮށްފި

މަޖިލިުުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކޮށްފި

Author
ހުސެއިން
29 ޖެނުއަރީ 2024 06:47
0

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށާއި، އެޓަރނީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވީ، ތިން ބޭފުޅުންނަށްވެސް މަޖިލީހުން ރުހުން ނުދޭން ނިންމާފައި ވަނިކޮށެވެ. މި ބޭފުޅުން ޢައްޔަން ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަންކުރެއްވީ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްކަމުގެ މަގާމަށް ޢައްޔަންކުރެއްވީ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދެވެ. އަދި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވީ އަލްއުސްތާޛު އަޙްމަދު އުޝާމެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް ޢައްޔަންކުރެއްވި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު މި ރަސްމިއްޔާތުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެ ދެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

އަދި މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު އުޝާމު މަޤާމުގެ ހުވައިކުރެއްވުން އޮތެވެ. އެޓަރނީ ޖެނެރަލްގެ މަގާމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. އަދި ހުވައި ކުރެއްވުމަށްފަހު، ހުވައިގެ އިޤްރާރުގައި އެޓަރނީ ޖެނެރަލް ސޮއިކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.