ރައީސް މުއިއްޒު އަޒުލް ނުކުރެވޭނެ ކަމަށާއި، އެމަނިކުފާނު އަޒުލްކުރެވޭނީ ރައްޔިތުންގެ މަޖިލިހުގައި ތިބި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ފުރާނަ ދުއްވާލާފައި ކަމުގައި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ 3 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މިއަދު ނިންމުމާއި ގުޅިގެމް ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް އަޒުލްކުރަން ފުރުސަތު ނުދޭނެކަމަށާއި އެލަމަށް ތާއީދު ނުކުރާނެ އެތައް މެމްބަރުންނެއް އްޑީޕީގެ ޕީޖީގައިވެސް އެބަ ތިބި ކަމުގައެވެ.