ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މިކަމާއި ގުޅޭ ތަފްސީލް އެޕާޓީން އަދި ހާމައެއް ނުކުރެއެވެ.
ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމަށް ހުށަހަޅާ ޤަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޤުލަބިއްޔަތުންނެވެ.
އަދި ދާދިފަހުން އެމްޑީޕީ އަދި ޑިމޮކްރެޓްސް ގެ މެންބަރުންގެ ތާއީދާއެކު މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު މިހާރު މަޖިލީހުގައި ތިއްބެވި 80 މެމްބަރުންގެ 53 މެމްބަރުންގެ ވޯޓު ލިބިގެންވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރެވޭނެއެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުންގެ އެކު ޖުމްލަ 56 މެންބަރުންނަށް އަރައެވެ.
ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން ވަކި ހާލަތުތަކެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވިދާނެއެވެ.
އެ ހާލަތުތަކަކީ؛
1. އިސްލާމް ދީނުގެ އަސްލަކާ ނުވަތަ ޤާނޫނުއަސާސީ އާޢި ނުވަތަ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން
2. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއްކުރުން
3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ޤާބިލްވުން