ބޫމީގެ ވެބް ސީރީޒް އަކީ "ރޯޔަލްސް"

ބޫމީގެ ވެބް ސީރީޒް އަކީ "ރޯޔަލްސް"

Author
ފާތިމަތު ނާވީ
31 ޖެނުއަރީ 2024 08:43
0

ބޮލީވުޑްގެ ބަތަލާ ބޫމީ ޕޭޑްނޭކަރް ގެ އަލަތު ވެބް ސީރީޒް ގެ ނަމަކީ "ރޯޔަލްސް" ކަމަށް މީޑީއާއިން ބުނެފިއެވެ.

މިދިއަ އަހަރު "ދަ ލޭޑީ ކިލާ" އިން ފެނިގެންދިއަ ބޫމީ އަލަތު ސީރީޒް އަކަށް ސޮއި ކޮށްފައިވާ ކަމަށް މީޑިއާއިން ބުނި ކަމުގައިވިޔަސް މިކަމާއި ބެހޭގޮތުން އަދި މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން އެއްޗެއް ބުނެފައިއެއް ނުވެއެވެ.

ނަމަވެސް ބައެއް މީޑިއާ ތަކުން ބުނާގޮތުގައި މިއީ ކުރިން ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ޕްރިޓިޝް ނަންޑީގެ ކުންފުނިން ނެޓްފްލިކްސްއާ ގުޅިގެން ހަދާ އެއްޗެއް ކަމަށް ވަނީ ބުނެފައިއެވެ.

މީގެ ކާސްޓްގައި އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރު ވެސް ހިމެނޭ ކަމަށް ރިޕޯޓްތަށް ބުނެއެވެ. އޭނަ އަކީ ކުރިން ވެސް ވެބް ކޮންޓެންޓްތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.

 

View this post on Instagram

 

A post shared by Bhumi Pednekar (@bhumipednekar)

 

ޕްރިޓިޝަން ނަންޑީ ކޮމިއުނިކޭޝަންސް އިން ކުރިން ވެސް މަގުބޫލު ސީރީޒެއް ހަދާފައިވެ އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ފޯ މޯ ޝޯޓްސް ޕްލީޒް!" އެވެ. އެތަނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޔޫޝްމަން ކްރާނާގެ 2015 ގެ "ހަވާއިޒާދާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.