ބޫމީ ވެސް ވެބް ސީރީޒް އަކަށް

ބޫމީ ވެސް ވެބް ސީރީޒް އަކަށް

Author
ފާތިމަތު ނާވީ
28 ޖެނުއަރީ 2024 06:22
0

ބޮލީވުޑްގެ ބަތަލާ ބޫމީ ޕޭޑްނޭކަރް ވެސް ވެބް ސީރީޒަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިއަ އަހަރު "ދަ ލޭޑީ ކިލާ" އިން ފެނިގެންދިއަ ބޫމީ އަލަތު ސީރީޒް އަކަށް ސޮއި ކޮށްފައިވާ ކަމަށް މީޑިއާއިން ބުނި ކަމުގައިވިޔަސް މިކަމާއި ބެހޭގޮތުން އަދި މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން އެއްޗެއް ބުނެފައިއެއް ނުވެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ކުރިން ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ޕްރިޓިޝް ނަންޑީގެ ކުންފުނިން ނެޓްފްލިކްސްއާ ގުޅިގެން ހަދާ މި ސީރީޒް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Bhumi Pednekar (@bhumipednekar)

ޕްރިޓިޝަން ނަންޑީ ކޮމިއުނިކޭޝަންސް އިން ކުރިން ވެސް މަގުބޫލު ސީރީޒެއް ހަދާފައިވެ އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ފޯ މޯ ޝޯޓްސް ޕްލީޒް!" އެވެ. އެތަނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޔޫޝްމަން ކްރާނާގެ 2015 ގެ "ހަވާއިޒާދާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.