އެމްޑީޕީން ނިންމީ އުޝާމް، ޝަހީމް، ހައިދަރު، ސައީދަށް ރުހުން ނުދޭން!

އެމްޑީޕީން ނިންމީ އުޝާމް، ޝަހީމް، ހައިދަރު، ސައީދަށް ރުހުން ނުދޭން!

Author
އަހުމަދު
28 ޖެނުއަރީ 2024 01:10
0

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެގޮތަށް ނިންމާފައިވަނީ މިއަދުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މީގެއިތުރުން ވަޒީރުންގެ މަޖިލިހުގެ ދެން ތިއްބެވި ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި އެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަން ވަނީ ދޫކޮށްލައިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފައެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓަށް އެހުން އޮންނާނީ މިއަދުގެ މެންދުރު 1:30 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.