ގައްދޫ ދާއިރާގެ ޓިމެޓް މަހާއަށް

ގައްދޫ ދާއިރާގެ ޓިމެޓް މަހާއަށް

Author
ހުސެއިން
28 ޖެނުއަރީ 2024 12:52
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީ އިން ގައްދޫ ދައިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކާ މަހްމޫދު ޝަފީޤު (މަހާ) ކާމިޔާބު ކޮށްފިއެވެ.

ގައްދޫގެ އިތުރުން އެދާއިރާގައި ހިމެނޭ ވާދޫ އާއި އަދި މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ ދައްކާ ގޮތުން މަހާއަށް 474 ވޯޓް ވަނީ ލިބިފައެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރި އަހްމަދު ޝާޙްބާދު އަށް 442 ވޯޓް ލިބުނެވެ.

އިއްޔެ ބޭއްވުނު ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ވޯޓު ގައި މާލޭގައި ބެހެއްޓި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް އިތުރަށް ވޯޓު އެޅުމުގެ ސަބަބުން އެދާއިރާގެ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރެވޭ ގޮތެއް އިއްޔެ ނުވިއެވެ.

ގައްދޫއިން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ފަރާތަކުން ކިޔައިދިން ގޮތުގައި، އެދާއިރާއަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި ވާދަކޮށްފައިވަނީ އަހުމަދު ޝަހުބާދުއާއި މަހުމޫދު ޝަފީގު ކަމުގައެވެ. އެގޮތުން ގައްދޫގައި ބެހެއްޓުނު ފޮށިތަކުން ޝަހުބާދު ކުރި ހޯއްދެވިއިރު އެ ދާއިރާގެ ވާދޫގައި ބެއްހެއްޓި ފޮށިން ކުރި ހޯދާފައިވަނީ މުހައްމަދު ޝަފީގުއެވެ. އެހެންނަަމަވެސް އެދާއިރާގެ މާލޭގައި ބެހެއްޓި ފޮށިން 286 ވޯޓު މުހައްމަދު ހޯދިއިރު ހަމަ އެ ފޮށިން ޝަހުބާދުއަށް ލިބިފައިވަނީ 140 ވޯޓެވެ. އަދި މުޅި ދާއިރާގެ ވޯޓު ގުނާ ނިމުނުއިރު މުހައްމަދު ޝަފީގު 30 ވޯޓުން ކުރީގައި އުޅުނު ނަމަވެސް، ވޯޓަރސް ލިސްޓުގައި ތިބި މީހުންނަށްވުރެ އިތުރަށް 47 ވޯޓު އެ ފޮއްޓަށް ވޯޓު އަޅާފައިވާކަމަށްވެސް "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

އިއްޔެ ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާން ނުކުރެވި ވިނަމަވެސް، ގިނަ ދާއިރާތަކުގެ ވަގުތީ ނަތީޖާ މިހާރުވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.