ރާއްޖެއިން ކޯވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 13 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 7 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 6 މީހަކެވެ.
މިއަދު ޕޮޒިޓިވްވި 11 މީހުންނާއިއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،392 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 29 މީހުންނެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،760 އަށް އިތުރުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަނީ 577 މީހަކަށެވެ. އޭގެތެރެއިން 61 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2،754 ސާމްޕަލެއް ނަގާފައިވެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ނަގާފައިވާ ސާމްޕަލްތަކުގެ ޖުމްލަ ޢަދަދު ވަނީ 274،076 އަށް އަރާފައެވެ.
ރާއްޖެއިން މިބަލިން މިހާތަނަށް ނިޔާވެފައިވަނީ 48 މީހެކެވެ.
ކޮމެންޓު ފޮނުވާ