އިމްރާން މަކުނުދޫ ދާއިރާއަށް ވާދަ ކުރައްވަނީ

އިމްރާން މަކުނުދޫ ދާއިރާއަށް ވާދަ ކުރައްވަނީ

ރައީސް ސާލިހުގެ ދައުރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން މަކުނުދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓިގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 4 ފަރާތްތަކަށް ޕާޓީގެ ޓިކެޓު ދިނުމަށް ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33 ވަނަ ބައްދަލުވުމުން ފާސް ކޮފައިވާތީ, އެ ފަރާތްތަކަށް ޓިކެޓު ދިނުމަށް ނިންމާފައިވާކަމަށެވެ.

ފުރިހަމަ ނަން އެޑްރެސް
1. އަލްފާޟިލް ޙުސައިން ޘަޤީފް ހިސާން, ހދ. ވައިކަރަދޫ ވައިކަރަދޫ ދާއިރާ
2. އައްޝައިޚް އިމްރާން ޢަބްދުالله މަލްހާރު, މ.ކޮޅުފުށި މަކުނުދޫ ދާއިރާ
3. އަލްފާޟިލް އިސްމާޢީލް ޙަމީދު އިތާ ރ-18/04, ހުޅުމާލެ ފުނަދޫ ދާއިރާ
4. އަލްފާޟިލް އިސްމާޢީލް ޢަލީ ދެކުނުގެ, ރ.އިނގުރައިދޫ އިނގުރައިދޫ ދާއިރާ

ތަފްސީލް އަންނަނީ..

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *