ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ: ކުރީގެ ބައެއް މެމްބަރުންނަށް ޓިކެޓު ނުލިބުނު!

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ: ކުރީގެ ބައެއް މެމްބަރުންނަށް ޓިކެޓު ނުލިބުނު!

ގުޅުންހުރި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރިން ކުރެއްވި ބައެއް މެމްބަރުންނަށް ޓިކެޓު ނުލިބި، ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދެވެ. މި ބޭފުޅުންނަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވެސް މެމްބަރުކަން ކުރެއްވި ބޭފުޅުންނެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން ވައްޑެ ޕްރައިމަރީގައި ވާދަކުރެއްވީ އޭނާ ކުރިން ވެސް ތަމްސީލް ކުރެއްވި ތުލުސްދޫ ދާއިރާއަށެވެ. އެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ލިބިވަޑައިގަތީ މިހާރު ވެސް ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އިބްރާހިމް ނަސީމަަށެވެ.

އަނާރާ، މަކުނުދޫ ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ނަމަވެސް މިފަހަރު އޭނާ ވާދަކުރެއްވީ ހުރާ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހޯދުމަށެވެ. އެ ޓިކެޓު ހޯއްދެވީ އަބްދުﷲ ވާރިޝްއެވެ.

މުހައްމާ އާއި އައްސަދު ވެސް ވާދަކުރެއްވީ އެބޭފުޅުން ކުރިން ތަމްސީލް ކުރެއްވި ދާއިރާއަށެވެ. އެކަމަކު، އިހަވަންދޫ ދާއިރާގެ ޓިކެޓު ލިބުނީ އަހްމަދު ނަސީރަށެވެ. ދާންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޓިކެޓު ލިބުނީ މުހައްމަދު ފަޒީލަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ