މިއަދު ކުރިޔަށްދިޔަ ވެރިކަންކުރާ ޕީއެންސީގް ޕްރައިމަރީގައި، ކުރީގެ ބައެއް މެމްބަރުން އެ ޕާޓީގެ ޓީކެޓް ކަށަވަރު ކުރައްވައިފިއެވެ. އެގޮތުން މިހާތަަނަށް އާންމު ކޮށްފައިވާ ނަތީޖާއަށް ބަލާއިރު، ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރައްވާފައިވާ ކެނޑިޑޭޓުންގެ ތެރޭގައި، ކުރީގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފްއާއި، މާފަންނު ދެކުނު ދާއިރާގެ މެބްރުންކަން ކުރެއްވި އަބުދުﷲ ރިފާޢު (ބޮޗޭ)އާއި، އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބުރާހިމް ފަލާހުއާއި، މިލަންދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ހަސަން މުފީދު ހިމެނެއެވެ.
އޭގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރުންކަން ކުރެއްވި މުހައްމަދު އިސްމާއިލްވެސް ވަނީ ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. އެހެންނަމަވެސް އޭނާ ވާދަ ކުރައްވަނީ ވިލިމާލެ ދާއިރާއަށެވެ. އޭގެ އިތުރުން ޕްރައިމަރީން ޓިކެޓް ކަށަވަރު ކުރެއްވި މެމްބަރުންގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީވެސް ހިމެނިއެވެ. އޭނާ މިފަހަރުވެސް ވާދަކުރައްވަނީ އެ ދާއިރާއަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ ފަޒާދުވެސް ވަނީ އެދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. އަދި ފޭދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބުރާހިމް ދީދީ (އައިބީ) އެދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައިވާއިރު، މާފަން މެދު ދާއިރާގެ މެމްބަރުކަން ކުރެއްވި އަސްމާ ރަޝީދުވެސް ވަނީ އެދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
މިހާރު މެމްބަރުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނެނީ ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ ނަސީމް ހިމެނެއެވެ. އޭނާއާއި ވާދަކުރައްވާ ބަލިވީ އެދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި ލޯޔަރު ވައްޑޭއެވެ.