ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވާޝް އިސްތިއުފާ ދީފި

ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވާޝް އިސްތިއުފާ ދީފި

Author
ހުސެއިން
27 ޖެނުއަރީ 2024 05:41
0

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވާޝް އިސްތިއުފާ ދީފިއެވެ.

މަގާމުން އިސްތިއުފާ ދީފައިވާކަން އޭނާވަނީ ބައެއް މީޑިއާތަކަށް ޔަގީންކޮށްދީފައެވެ.

ސަރުވަޝްއަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ އެންމެ އިސް އޮފިޝަލްއެވެ.

2016 ވަނަ އަހަރުން ފެށިގެން ސަރުވާޝްވަނީ ބަޖެޓް ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެގްޒެކެޓިވްގެ މަގާމާ ހަވާލުވުމުގެ ކުރިން ސަރުވާޝް ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.