ޕާޓީތަކުގެ ދަފްތަރުގެ ފުލް އެކްސެސް އޮންނަނީ ޕާޓީތަކުގެ ރަޖިސްޓްރަރއިންނަށް، އީސީއަކަށް ނޫން: ހަބީބު

ޕާޓީތަކުގެ ދަފްތަރުގެ ފުލް އެކްސެސް އޮންނަނީ ޕާޓީތަކުގެ ރަޖިސްޓްރަރއިންނަށް، އީސީއަކަށް ނޫން: ހަބީބު

Author
ހުސެއިން
27 ޖެނުއަރީ 2024 03:53
0

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބަލަހައްޓާނީ އެ ސިޔާސީ ޕާޓީއަކުން އެއީ އިލެކްޝަންސް ކޮމޮޝަނަށް އޮންނަ މަސްއޫލިއްޔަތެއް ނޫންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ކުރިޔަށްދާ ޕީއެންސީގެ ޕްރައިމަރީއާއި ދިމާކޮށް އެޕަޓީގެ ދަފްތަރަށް އިލެކްޝަންސް ކޮމިނުން އުނިއިތުރު ގެނެސްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން މެންބަރުން އުނިކޮށް އިތުރުކޮށް ހަދާނީ ވެސް އެޕާޓީއަކުން ކަމަށާއި، އެޕާޓީއެއްގެ ދަފްތަރުގެ ފުލް އެކްސެސް އެ ޕާޓީއެއްގެ ރަޖިސްޓްރާ އަށް އޮންނާނެ ކަމަށެވެ. އަދި އެއީ އީސީގެ މެންބަރުން ކުރައްވާ ކަމެއްނޫން ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ހަބީބު މިހެން ވިދާޅުވާއިރު، މިއަދު ކުރިޔަށްދާ ޕީއެންސީގެ ބައި އިލެކްޝަންހެ ވޯޓަސް ލިސްޓަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މެެވެރިކޮށް ބަދަލު ގެނެސްފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް ހަބީބު ވިދާޅުވެފައިވަނީ އޭނާ އެފަދަ ކަމެއް ނުކުރައްވާނެ ކަމުގައެވެ.

މިއަދު ކުރިޔަށްދާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ވޯޓުލާ ބައެއް ސަރަހައްދުތަކުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. އެގޮތުން ހެންވޭރު ދެނުކު ވޯޓުލާ ސަރަހައްދުގައި ވަނީ ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށްވެސް މަސްރަހު ހޫނުވެފައެވެ. މައްސަލަ ހޫނު ވެފައިވަނީ ވޯޓުލާން ދިޔަ ބައެއް މީހުންނަ ވޯޓު ނުލެވުމާއި، ލިސްޓުގައި ނެތް ބައެއް ފަރާތްތަކުން ވޯޓު ލަމުންދާކަމަށް ކުރެވުނު ތުހުމަތުތަކާއެކުއެވެ.

ވޯޓު ފޮށު ބެހެއްޓިފައިވާ ބައެއް ސަރަހައްދުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންގެ އެހީތެރިކަންވެސް ވަނީ ހޯދާން ޖެހިފައެވެ.

މިއަދު ވޯޓުލުން ކުރިޔަށްދަނީ ހެދުނު 10 އިން ފެށިގެންނެވެ.

މިއަދު ކުރިޔަށްދާ ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ޖުމްލަ 227 ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.

ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބިފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ، މި ޕްރައީގައި ވޯޓުލުން އޮންނާނީ ހެނދުނު 10އަކުން ހަވީރު 5އަކަށް ކަމަށާއި، 90 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަކުރާނެ ކަމުގައެވެ.

މިއަދު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނައިރު، އެ ކޯލިޝަނުންވަނީ ޕްރައިމަރީއާނުލާ 13 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައެވެ. އެއީ އެ ދާއިރާތަކަށް އެންމެ ފަރާތަކުން ކުރިމަތި ލާފައިވާތީއެވެ. މާދަމާގެ ޕްރައިމަރީ ކުރިޔަށްދާނީ 77 ދާއިރާއެއްގައެވެ.

މިއަދުގެ ޕްރައިމަރީގައި ވޯޓުލުން މާލޭގައި ކުރިޔަށްދާނީ ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައެވެ. އަދި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ޚާއްޞަ ތަންތަނުގައި ކަމަށްވެސް އެ ކޯލިޝަނުން ބުނެފައި ވެއެވެ.

މި ޕްރައިމަރީ ނިމުމުން ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރާއިރު، ވާ ނުކުރުމަށް ހަމަޖައްސާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު ސިޔާމް ވާދަކުރާ ދާއިރާއަށެވެ.

މިއަދު ބާއްވާ ބާއްވާ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.