އިންޑިއާގެ ހަނދު މިޝަނަށް ޝަރަފުވެރި "ލީފް އެރިކްސަން ލޫނާ" އިނާމު ލިބިއްޖެ

އިންޑިއާގެ ހަނދު މިޝަނަށް ޝަރަފުވެރި "ލީފް އެރިކްސަން ލޫނާ" އިނާމު ލިބިއްޖެ

Author
ހުސެއިން
26 ޖެނުއަރީ 2024 11:27
0

އިންޑިއާގެ ޗަންދުރަޔާން-3 މިޝަންއިން ހަނދާއި ބެހޭގޮތުން ހޯދުންތައް ހޯދުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާތީ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އަށް ލީފް އެރިކްސަން ލޫނާ ޕްރައިޒް ދީފި އެވެ.

އައިސްލޭންޑްގެ ހުސާވިކްގައި ހުންނަ އެކްސްޕްލޯރޭޝަން މިއުޒިއަމުން 19 ޑިސެމްބަރ 2023 ގައި ދިން މި ޝަރަފުގައި، ހަނދުގެ ތަހުލީލުތައް ކުރިއެރުވުމަށާއި، ޖައްވީ ސިއްރުތައް ދެނެގަތުމުގައި އިސްރޯއިން އަދާކުރަމުންދާ ދައުރު ފާހަގަ ކޮށްފައި ވެއެވެ.

އިންޑިއާގެ ޖައްވީ ތަހުލީލުތަކުގެ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށްވާ ޗަންދުރަޔާން-3 މިޝަނުން ވަނީ 23 އޮގަސްޓް 2023 ގައި ހަނދުގެ ސައުތު ޕޯލް ކައިރިން ސޮފްޓް ލޭންޑިންއެއް ކާމިޔާބުކަމާއެކު ހަދާފަ އެވެ. މި ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ހަނދުގެ މި ސަރަޙައްދުގައި ޖެއްސި ފުރަތަމަ ޤައުމުގެ ގޮތުގައި އިންޑިޔާ ފާހަގަކުރެވި، ދުނިޔޭގެ ޖައްވީ ބާރުތަކުގެ އެލީޓް ގްރޫޕާއި އިންޑިއާވަނީ ގުޅިފައެވެ. ޗަންދުރަޔާން-3 ގެ ކާމިޔާބީގެ މައިގަނޑު އަސާސަކީ ޓެކްނޮލޮޖީގެ މުހިންމު އުފެއްދުންތަކެވެ. އޭގެ ތެރޭގައި ޒަމާނީ ނެވިގޭޝަން އަލްގޯރިދަމްތަކާއި، އެންމެ ޒަމާނީ ގައިޑެންސް ސިސްޓަމްތަކާއި، އެޑްވާންސް ފޯލްޓް ޓޮލަރެންސް މެކޭނިޒަމްހިމެނެއެވެ. މި ކުރިއެރުންތަކަކީ ހަނދުގެ ސަރަޙައްދަށް ހުއްޓުމެއްނެތި ދަތުރުކުރަމުން ދިއުމަށް މަގުފަހިކޮށްދިނުމުގައި ވަރަށް މުހިންމު ކަންތައްތަކެކެވެ.

ޗަންދުރާސް ސާފޭސް ތަރމޯފިޒިކަލް އެކްސްޕެރިމެންޓް (ސީ.އޭ.އެސް.ޓީ.އީ) ހަރުކޮށްފައިވާ އިންޑިއާގެ ޖައްވީ މިޝަންގެ ލޭންޑަރ ވިކްރަމް ވަނީ ހަނދުގެ ސަރަޙައްދުގެ ފިނިހޫނުމިނާއި ބެހޭ މުހިންމު ޑޭޓާއެއް އެއްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހަމަ އެއާ އެއްގޮތަށް، ޕްރަގްޔާން ރޯވަރުން ވަނީ ހަނދުގެ މާހައުލު ދެނެގަތުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ، އަގުނުކުރެވޭ ވަރުގެ ތަހުލީލުތަކެއް ކޮށްފަ އެވެ.

ދުނިޔޭގެ ފެންވަރުގައި މި އަގު ވަޒަންކުރި ކުރުމަށް ޝުކުރު އަދާކުރައްވާ، އިންޑިއާގެ ޖައްވީ އިދާރާ، އިސްރޯގެ ޗެއާމަން އެސް ސޮމަނަތު ވަނީ ޖައްވީ ތަހުލީލުތަކުގައި އިންޑިއާއަކީ މުހިންމު ގައުމަކަށްވެ، ކުރިއެރުން ހޯދުމުގައި މި އެވޯޑުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މި އެވޯޑުގައި ވަނީ އިންޑިއާގެ ޖައްވީ ހޯދުމުގެ ގާބިލުކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަން ފާހަގަކޮށްފަ އެވެ. މަޝްހޫރު ނޯރސް އެކްސްޕްލޯރާގެ ޝަރަފުގައި ނަންދީފައިވާ "ލީފް އެރިކްސަން ލޫނަރ" ޕްރައިޒަކީ ހަނދު ހޯދުންތަކުގައި ހޯދާފައިވާ އާދަޔާ ޚިލާފު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން އެކްސްޕްލޯރޭޝަން މިއުޒިއަމުން ދޭ އިނާމެކެވެ.

ލީފް އެރިކްސަން އެވޯޑް 2015 ވަނަ އަހަރުން ފެށިގެން ދޭންފަށާފައިވަނީ، އެ އެވޯޑަކީ އެކްސްޕްލޮރޭޝަނާއި ސްޕޭސް ސައިންސްގެ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ފަރާތްތަކާއި ޖަމިއްޔާތަކުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކުރަމުން އަންނަ އެވޯޑެއްގެ ގޮތުގައެވެ.

ޗަންދުރާސް ސާފޭސް ތަރމޯފިޒިކަލް އެކްސްޕެރިމެންޓް (ސީ.އޭ.އެސް.ޓީ.އީ) އިން ހަރުކޮށްފައިވާ މިޝަންގެ ލޭންޑަރ ވިކްރަމް ވަނީ ހަނދުގެ ސަރަޙައްދުގެ ފިނިހޫނުމިނާއި ބެހޭ މުހިންމު ޑޭޓާއެއް އެއްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ހަމަ އެއާ އެއްގޮތަށް، ޕްރަގްޔާން ރޯވަރުން ވަނީ ހަނދުގެ މާހައުލާ މެދު އިންސާނުންނަށް ލިބިފައިވާ ގާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީ، މުހިންމު އެކްސްޕެރިމެންޓްތަކެއް ކޮށްފަ އެވެ.

ދުނިޔޭގެ ފެންވަރުގައި މި އަގު ވަޒަންކުރުމަށް ޝުކުރު އަދާކުރައްވާ އިސްރޯގެ ޗެއާމަން އެސް ސޮމަނަތު ވަނީ ޖައްވީ ތަހުލީލުތަކުގައި އިންޑިއާއަކީ ވަރުގަދަ ގައުމެއްގެ ގޮތުގައި ކުރިއެރުން ހޯދުމުގައި މި އެވޯޑުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މި އެވޯޑުގައި ވަނީ އިންޑިއާގެ ޖައްވީ ހޯދުމުގެ ގާބިލުކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަން ފާހަގަކޮށްފަ އެވެ. މަޝްހޫރު ނޯރސް އެކްސްޕްލޯރާގެ ޝަރަފުގައި ނަންދީފައިވާ ލީފް އެރިކްސަން ލޫނަރ ޕްރައިޒަކީ ހަނދު ހޯދުންތަކާއި ގުޅޭ އާދަޔާ ޚިލާފު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން އެކްސްޕްލޯރޭޝަން މިއުޒިއަމުން ދޭ އިނާމެކެވެ.

ލީފް އެރިކްސަން އެވޯޑްސް 2015 ވަނަ އަހަރު ފެށުނީއްސުރެ ޚާއްސަ ކޮށްފައިވަނީ އެކްސްޕްލޮރޭޝަނާއި ސްޕޭސް ސައިންސްގެ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ފަރާތްތަކާއި ޖަމިއްޔާތަކުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކުރަމުން އަންނަ އެވޯޑެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.