ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި 277 ވޯޓު ފޮށި ބަހައްޓާނެ

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި 277 ވޯޓު ފޮށި ބަހައްޓާނެ

Author
ހުސެއިން
26 ޖެނުއަރީ 2024 08:41
0

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ޖުމްލަ 227 ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.

ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނީ މާދަމާ ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބިފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ، މި ޕްރައީގައި ވޯޓުލުން އޮންނާނީ ހެނދުނު 10އަކުން ހަވީރު 5އަކަށް ކަމަށާއި، 90 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަކުރާނެ ކަމުގައެވެ.

މާދަމާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނައިރު، އެ ކޯލިޝަނުންވަނީ ޕްރައިމަރީއާނުލާ 13 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައެވެ. އެއީ އެ ދާއިރާތަކަށް އެންމެ ފަރާތަކުން ކުރިމަތި ލާފައިވާތީއެވެ. މާދަމާގެ ޕްރައިމަރީ ކުރިޔަށްދާނީ 77 ދާއިރާއެއްގައެވެ.

މާދަމާގެ ޕްރައިމަރީގައި ވޯޓުލުން މާލޭގައި ކުރިޔަށްދާނީ ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައެވެ. އަދި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ޚާއްޞަ ތަންތަނުގައި ކަމަށްވެސް އެ ކޯލިޝަނުން ބުނެފައި ވެއެވެ.

މި ޕްރައިމަރީ ނިމުމުން ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރާއިރު، ވާ ނުކުރުމަށް ހަމަޖައްސާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު ސިޔާމް ވާދަކުރާ ދާއިރާއަށެވެ.

މާދަމާ ބާއްވާ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.