ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ދެ ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ 2 މަސް ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
މި ބޯޓުތަކާބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ