އިދިކޮޅުން ދައްކަނީ ތާކުން ތާކުން ނުޖެހޭ ވާހަކަ, ސަރުކާރު ހުއްޓުވަން ޖާގަ ނުދެވޭނެ ކަމުގައި ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބުދުއްރަހީމް ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަމުންދަނީ ރައީސް މުއިއްޒުގެ ދެއަތް ބަނދެލާ، ސަރުކާރު ހުއްޓުވުމަށް ކަމުގައެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް އެކަން ނުކުރެވޭނެ ކަމުގައެވެ.
އިދިކޮޅުން ދައްކަނީ ތާކުން ތާކުން ނުޖެހޭ ވާހަކައައެއް, އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގައި ދަންނަވަން މި ސަރުކާރު ހުއްޓުވުމަކަށް ގެންނަން ކުރާ މަސައްކަތަށް ޖާގައެއް ނުދޭނަން, ވަރަށް ސާފު, އެކަމެއް ނުކުރެއްވޭނެ.
އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބުދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެކަމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އޭނާ ސުވާލު އުފެއްދެވީ އެމްޑީޕީގެ ސަރުކާރުގައި ގާނޫނަށް ބަދަލު ގެނެސް، ސިޔާސީ ވަޒީފާތަކުގެ އަދަދު ލިމިޓް ނުކުރީ ކީވެތޯވެސް އަބުދުއްރަހީމް ސުވާލު އުފެއްދިއެވެ.
އެހެންނަމަވެސް މަޖިލިހުގެ ތެރެއިން އެކަން ހުއްޓުވާނީ ކިހިނަކުންކަން އަބުދުއްރަހީމް ވިދާޅުވެފައެއް ނުވެއެވެ.
އަބުދުއްރަހީމް އިތުރަށް ވިދާޅުވީ މަޖިލީހުގެ އަދަދު ލިމިޓު ކުރުމަކީ އިދިކޮޅުގެ ވިސްނުމެއް ނޫން ކަމަށާއި އެއީ ޕީޕީއެމް/ޕީއެންސީގެ ވިސްނުމެއް ކަމުގައެވެ.
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ހުށަހަޅަން ނިންމާފައި ވަނީ ހަތަރު ކަމަކެވެ. އެއީ, މަޖިލިސް މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ރެގިއުލޭޓް ކުރުމާއި ގާނޫނުތައް އިސްލާހުކުރުމާއި ސަރުކާރުން ސިޔާސީ މަގާމުތައް އުފެއްދުން ލިމިޓް ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައަށް ފަހު ބޭއްވުމެވެ.
ކޮމެންޓު ފޮނުވާ