ރަންބީރުގެ އަގު ބޮޑުވެއްޖެ

ރަންބީރުގެ އަގު ބޮޑުވެއްޖެ

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2024 03:54
0

މަޝްހޫރު ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ފިލްމް ކުޅެދޭ އަގު ބޮޑު ކޮށްފިއެވެ.

އެންމެ ފަހުން އޭނާ ފެނިގެންދިއަ ފިލްމް "އެނިމަލް" ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމްއަކަށެވެ. ފިލްމް ގެ ކާމިޔާބީ އާއި އެކުގައި ރަންބީރު މިވަނީ ފިލްމް ކުޅޭ އަގު ބޮޑުކޮށްފައިއެވެ.

މިހާތަނަށް ރަންބީރް މި ފިލްމަކަށް އެވްރެޖްކޮށް ނަގަމުން އައީ 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ނަމަވެސް އަގު މިހާރު ދެގުނަ ބޮޑުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެގޮތުން ދެން އޭނަ ފިލްމެއް ކުޅެދޭން ނިންމާފައި ވަނީ މަދުވެގެން 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) އަށް ކަމަށް މީޑިއާތަކުން ބުންޏެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މީގެ ކުރިން އޭނާ ފިލްމް ކުޅެދޭ އަގު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކުޑަކުރިކަމެވެ. އަދި މީގެ ކުރިން އޭނާގެ ފިލްމް ތަކެއް ފްލޮޕް ވުމާއި ގުޅިގެންވެސް ވަނީ ފިލްމް ކުޅޭ އަގު ކުޑަކޮށްފައިއެވެ.

ފިލްމުތަކުގެ ކާމިޔާބީއާ ވިއްދައިގެން ބޮލީވުޑްގެ ތަރިން ފިލްމު ކުޅޭ އަގު ބޮޑުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު އެއްވެސް ތަރި އަކީ އެ މީހުންގެ އަގު އާންމުކުރާ ބައެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.