ސައިފް ހޮސްޕިޓަލް އިން ދޫކޮށްލައިފި

ސައިފް ހޮސްޕިޓަލް އިން ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2024 03:20
0

އެކްޓަރު ސައިފް އަލީ ހާން އޮޕަރޭޝަން އަށް ފަހު ހޮސްޕިޓަލް އިން ދޫކޮށްލައިފިއެވެ. އޭނާ އޮޕަރޭޝަން ކޮށްފައިވަނީ އަތުގެ އުޅަބޮއްޓެވެ. ނަމަވެސް ކުރިން މީޑިއާއިން ބުނެފައިވަނީ އޭނާ ކުރަނީ ކަކުލުގެ އޮޕަރޭޝަންއެއް ކަމަށެވެ.

އިއްޔެ ސައިފް ދޫކޮށްލައިފައިވާ އިރު އަންހެނުން ބަތަލާ ކަރީނާ ކަޕޫރު އާއި އެކުގައި ގެއަށް ވަންނަނިކޮން މީޑިއާއިން އޭނާގެ ފޮޓޯ ނަގައިފައިވެއެވެ. ކާރީގައި ކަރީނާ ހުއްޓެވެ.

އޮޕަރޭޝަނަށް ފަހު ސައިފް ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އޮޕަރޭޝަންގެ ކަންކަން ދިޔައީ ވަރަށް ފުރިހަމައަށް ކަމަށެވެ. އެ އޮޕަރޭޝަން ކުރީ ބޮންބޭގައި ހުންނަ ކޮކިލާބޭން ދިރުންބާއީ އަމްބާނީ ހޮސްޕިޓަލްގަ އެވެ.

ހަތަރު ކުދިންގެ ބައްޕަ ސައިފްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އާދިޕުރުޝް" އެވެ. ސައިފް ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރު ނުކުންނަ ދެކުނު އިންޑިއާގެ ފިލްމު "ދެވާރާ: ޕާޓް ވަން" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.