ދިވެހީންގެ ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވާނީ ދިވެހީން. އިންޑަސްޓްރީގައި ފަންނާނުންނަށް ކަށަވަރު މަގާމް، ވަޒީރު ފައިސަލްގެ ލީޑަރޝިޕްގެ ދަށުން އަޅުގަނޑުމެންނަށް ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. https://t.co/mzkfw72p0v
— Asward I. Waheed (@AswardWaheed) January 24, 2024
ދިވެހި ފަތުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުވެ ޒައާމަތުގައި ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމުގައެވެ.
ރައީސް މުއިއްޒު ގެ ސަރުކާރުން ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރައްވާނެކަން. ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތަށް އަޑު އަހާ، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން.
ރައީސް މުއިއްޒުވަނީ ރިޔާސީ ކެމްޕޭންގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި މުއިއުޒިކު ކުޅުން ފަދަ ބައެއް ކަންކަން ދިވެހިންނަށް ހާއްސަ ވަޒީފާތަކުގެ ގޮތުގައި ކަނޑައަޅުއްވައިދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.