ދ. އަތޮޅުގެ ރިސޯޓަކުން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެދަށް ގެންގޮސްފި

ދ. އަތޮޅުގެ ރިސޯޓަކުން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެދަށް ގެންގޮސްފި

Author
ހުސެއިން
25 ޖެނުއަރީ 2024 12:58
0
ދ. އަތޮޅުގެ ރިސޯޓަކުން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެދަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، ދ. އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަދި ދިގު މިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ ދ.އަތޮޅު ރިސޯޓެއްގެ ފުއްޓަރު ކައިރިން ކަމަށާއި، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވާކަމަށްވެސް ބުނެފައި ވެއެވެ.

ކިނބޫ ފެނިފައިވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.