އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާއަށް ހުޅުވާލައިފި

އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާއަށް ހުޅުވާލައިފި

Author
އައިޝަތު އަޙްމަދު
24 ޖެނުއަރީ 2024 09:07
0
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެމްޑީޕީން ހުޅުވާލައިފިއެވެ. އެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 16:00އާއި ހަމައަށް ހުޅުވާލާފައިވާކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލީ މިދިޔަ މަހުގެ 16ގައެވެ. ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ހުށަހެޅުމުން އެ ފަރާތްތަކަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ.

މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ އެމްޑީޕީން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ގައެވެ. އެގޮތުން، 43 ދާއިރާއެއްގެ ޕްރައިމަރީ އެ ޕާޓީން ބާއްވާނެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.